Thursday 2 October 2014

އުނދަގޫ ކަންކަން ކާމިޔާބުކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަންތައްތައް




ދިރިއުޅުމުގައި ދަތި އުނދަގޫކަންކަން ކުރަންޖެހޭނެއެވެ. އެއީ އެހެންމީހަކު އެކަން ކުރިކަމުގައި ނުވާނަމަވެސް މެއެވެ. ފަސްޖެހޭ ކަންކަމާއި އަދި ގިނަ ވަގުތު ނަގާކަންކަމެވެ. އެކަންކަމަކީ ތިބާ އެހެންމީހުންނާއި ތަފާތުވާ ކަންކަމެވެ.
-         ގުޅަންޖެހިލުންވާ މީހާއަށް ގުޅަންޖެހޭނެއެވެ.
-         ހޭލަން ބޭނުންވާ ވަޤުތުގެ ކުރިން ހޭލަންޖެހޭނެއެވެ.
-         ލިބޭ އެއްޗެއްސަށްވުރެ ގިނައިން، ދޭއެއްޗެހި އިތުރުވާންޖެހެއެވެ.
-         ތިމާ، ތިމާއަށް އަޅާލައި އޯގާތެރިވާ ވަރަށް ވުރެއް ގިނައިން އެހެންމީހުންނަށް އަޅާލައި އޯގާތެރިވާން ވާނެއެވެ.
-         ތިމާ ޒަހަމްވެ ގައިން ލޭ އޮހޮރުނަސް ކުރިމަތިލައި ހަމަލާދޭންވާނެއެވެ.
-         ތިމާގެ ފަހަތުގައި ބައިވެރިވާނެ މީހަކު ނެތަސް އިސްނަގަންވާނެއެވެ.
-         އެހެންމީހަކު ތިމާއަށް ޚަރަދު ނުކުރިޔަސް ތިމާ، ތިމާއަށް ޚަރަދު ކުރަންވާނެއެވެ.
-         ނޭނގޭ ޖަވާބުތަށް ހޯދާއިރު ތިމާއަކީ މޮޔައެއް ކަމަށް ދެކެން/ދެއްކެންވާނެއެވެ.
-         އެއްޗެއް/ކަމެއް ނޭނގޭކަމަށް ހަދައި ދޫކޮށްލެވެން އޮއްވައި، އެކަމުގެ މައުލޫމާތު އިތުރަށް ހޯދަންވާނެއެވެ.
-         ކަމެއްގެ އުޒުރުދެއްކެން އޮއްވައި އެކަމެއްގެ ނަތީޖާ ނެރެންވާނެއެވެ.
-         ކަމެއްގެ ހަގީގަތް ގަބޫލުކުރާށޭ ބުނިނަމަވެސް އެކަމަކާގުޅޭ މައުލޫމާތު ތިމާ އަމިއްލައަށް ހޯދަންވާނެއެވެ.
-         ނޭގިގެން ކުށްކުރަން ޖެހޭނެއެވެ. އަދި އެއްޗެއް ނޭނގޭކަމަށް ދެކެން/ދެއްކެންވާނެއެވެ.
-         ތިމާ މަސައްކަތްކޮށް ނާކާމިޔާބު ވާންޖެހޭނެއެވެ. އަދި އަލުން އެކަން ކާމިޔާބުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
-         ނޭވާކުރުވެފައިވާ ނަމަވެސް ބާރަށް ދުވަންވާނެއެވެ.
-         ތިމާއަށް ދެރަގޮތެއްހެދި މީހާއަށްވެސް އަޅާލަންވާނެއެވެ.
-         ކަންކަން ނުނިންމޭނެހެން ހީވާ ތާރީހުގެ ކުރިން ކަންކަން ނިންމަންވާނެއެވެ.
-         ތިމާ ކުރާކަންކަން ގޯހުންދިޔަސް އެކަންކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ.
-         ދަތިއުނދަގޫތަކާއި ކުރިމަތިލައި ދާންބޭނުންވާ  ތަންތަނަށް ދާންވާނެއެވެ.