Thursday 2 October 2014

އުނދަގޫ ކަންކަން ކާމިޔާބުކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަންތައްތައް




ދިރިއުޅުމުގައި ދަތި އުނދަގޫކަންކަން ކުރަންޖެހޭނެއެވެ. އެއީ އެހެންމީހަކު އެކަން ކުރިކަމުގައި ނުވާނަމަވެސް މެއެވެ. ފަސްޖެހޭ ކަންކަމާއި އަދި ގިނަ ވަގުތު ނަގާކަންކަމެވެ. އެކަންކަމަކީ ތިބާ އެހެންމީހުންނާއި ތަފާތުވާ ކަންކަމެވެ.
-         ގުޅަންޖެހިލުންވާ މީހާއަށް ގުޅަންޖެހޭނެއެވެ.
-         ހޭލަން ބޭނުންވާ ވަޤުތުގެ ކުރިން ހޭލަންޖެހޭނެއެވެ.
-         ލިބޭ އެއްޗެއްސަށްވުރެ ގިނައިން، ދޭއެއްޗެހި އިތުރުވާންޖެހެއެވެ.
-         ތިމާ، ތިމާއަށް އަޅާލައި އޯގާތެރިވާ ވަރަށް ވުރެއް ގިނައިން އެހެންމީހުންނަށް އަޅާލައި އޯގާތެރިވާން ވާނެއެވެ.
-         ތިމާ ޒަހަމްވެ ގައިން ލޭ އޮހޮރުނަސް ކުރިމަތިލައި ހަމަލާދޭންވާނެއެވެ.
-         ތިމާގެ ފަހަތުގައި ބައިވެރިވާނެ މީހަކު ނެތަސް އިސްނަގަންވާނެއެވެ.
-         އެހެންމީހަކު ތިމާއަށް ޚަރަދު ނުކުރިޔަސް ތިމާ، ތިމާއަށް ޚަރަދު ކުރަންވާނެއެވެ.
-         ނޭނގޭ ޖަވާބުތަށް ހޯދާއިރު ތިމާއަކީ މޮޔައެއް ކަމަށް ދެކެން/ދެއްކެންވާނެއެވެ.
-         އެއްޗެއް/ކަމެއް ނޭނގޭކަމަށް ހަދައި ދޫކޮށްލެވެން އޮއްވައި، އެކަމުގެ މައުލޫމާތު އިތުރަށް ހޯދަންވާނެއެވެ.
-         ކަމެއްގެ އުޒުރުދެއްކެން އޮއްވައި އެކަމެއްގެ ނަތީޖާ ނެރެންވާނެއެވެ.
-         ކަމެއްގެ ހަގީގަތް ގަބޫލުކުރާށޭ ބުނިނަމަވެސް އެކަމަކާގުޅޭ މައުލޫމާތު ތިމާ އަމިއްލައަށް ހޯދަންވާނެއެވެ.
-         ނޭގިގެން ކުށްކުރަން ޖެހޭނެއެވެ. އަދި އެއްޗެއް ނޭނގޭކަމަށް ދެކެން/ދެއްކެންވާނެއެވެ.
-         ތިމާ މަސައްކަތްކޮށް ނާކާމިޔާބު ވާންޖެހޭނެއެވެ. އަދި އަލުން އެކަން ކާމިޔާބުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
-         ނޭވާކުރުވެފައިވާ ނަމަވެސް ބާރަށް ދުވަންވާނެއެވެ.
-         ތިމާއަށް ދެރަގޮތެއްހެދި މީހާއަށްވެސް އަޅާލަންވާނެއެވެ.
-         ކަންކަން ނުނިންމޭނެހެން ހީވާ ތާރީހުގެ ކުރިން ކަންކަން ނިންމަންވާނެއެވެ.
-         ތިމާ ކުރާކަންކަން ގޯހުންދިޔަސް އެކަންކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ.
-         ދަތިއުނދަގޫތަކާއި ކުރިމަތިލައި ދާންބޭނުންވާ  ތަންތަނަށް ދާންވާނެއެވެ.

Sunday 20 July 2014

Story - Never Ever Underestimate the Power of Allah

There was a top neurologist doctor in Pakistan. He is the one of the best doctor. And it’s very hard to meet. It says that perhaps months on end before you can get an appointment to see him. Very busy man, quite often travel within and outside the county.

He said that he was flying on a small plane from one city to another. Suddenly the clouds built up. It was huge and lightening starts and rain started pouring. There after there was lot of turbulence and one of the engine got struck and got damaged. So they’ve to land emergency. The landing happen to a nearby airport or strip. When they landed there, it was a remote area. So they were in difficulty in repairing the aircraft. The people aboard were force to evacuate and quite surprised to land for such a remote place, no one there is to repair it. Thereby they would have to wait, definitely, so the doctor asked to pilot “how long are you going to be? I’ve to my destination”. Pilot replied “it may take quite long. See, you can go there within 3 hours drive by vehicle, so why don’t you just by road”.
After that, the doctor decides to go on road. He jump on a taxi like vehicle and started heading to his destination. Suddenly, again, the clouds emerged and lightning strikes and rain started pouring and pouring so much that the vehicle could not move further, because of wetness and mud. It was quite open area with bit of farmland. After a while, they decided to wait there as they could not go anywhere. They saw a little house nearby and decided to go there and read there prayer/salat and to have a meal with little rest.

They started to knock the door, it’s a strange place, far off out in the rural area. The door was open and they get inside the house. They met an old lady and they told the things happened to them. And asked from her for an accommodation. After a while they saw that lady with small baby and making dua. When they were about to leave, they thanked to her. And the doctor asked her that, what is happening to this child. The woman said, this child is an orphan and not well, very sick. And we have been to all doctors around. I’m the grandma of this child. The doctors have told us that there is only one specialist around who can help this child. We have tried to make an appointment, but they have asked us to come six months later and it’s very far away. And I have been making dua to Allah ever since that day. The doctor said, what the name of that specialist is. Granny said, Doctor Ishaan. Immediately the doctor burst into tears, straight away and started crying. Granny said, why you are crying. Doctor said, your dua is just has been accepted.

For your dua, the thunder and rain came and stops us. You know what, the rain stopped, after the question was asked. How it happen? And now the women started to crying, subuhan Allah.


The doctor said that, I have learned that Allah’s armies are beyond limits. Allah uses whatever He wants to get what He wants to done. And the power of making Dua to Allah.

Copyright Protected

Saturday 26 April 2014

އިންޓަވިއުއަކަށް ތައްޔާރުވާންޖެހޭ މައިގަނޑު 3 ސުވާލު



އިންޓަވިއުތަކަކީ ހާސްވާކަމަކަށް ވުމުން އެކަމަށް ތައްޔާރުވުމަށް ދުވަސްކޮޅެއް ހޭދަކުރަން ޖެހެއެވެ. ނަމަވެސް ކުރާނެ ސުވާލުތަކާއި އަދި ކަންތައް ވާނެގޮތް ލަފާކުރުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އަޅުގަނޑުމެން ގިނަފަހަރަށް ތައްޔާރުވަނީ ކުރިމަތިވާނޭ ކަހަލަ ސުވާލުތަކަށެވެ. މިހެންވުމުން ބައެއްފަހަރު މާ ބޮޑަށް ތައްޔާރުވެވޭ ގޮތް މެދުވެރިވެއެވެ.
އަންނަނިވި ތިން ސުވާލަށް ތައްޔާރުވުމުން އިންޓަވިއުތަކުގައި ކުރާނެ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެއެވެ. ޖުމުލަކޮށް ހުރިހާ ސުވާލެއްވެސް ނިމޭނީ މި ތިން ސުވާލަށެވެ.

---- ވަޒީފާ އަދާކުރުމަށް ތައުލީމާއި ތަޖުރިބާ ލިބިފައިވޭތޯ؟
 މީގައި ބަލަންޖެހޭނީ ވަޒީފާއާއި ގުޅޭ އިލްމާއި ތައުލީމާއި އަދި ތަޖުރިބާ ތިބާއަށް ލިބިފައިވާ މިންވަރަށެވެ. މި ސުވާލަށް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- ތިބާގެ ތައާރަފެއް ދެއްވަވާ؟
--- ތިބާގެ ހުރި ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން؟
--- އެހެން މީހުންނާއި ތަފާތު ކޮންކަމެއްތޯ ކުރެވޭނީ؟
--- ތިބާ މިވަޒީފާއަށް ގާބިލްވީ ކީއްވެތޯ؟
--- ކުރިމތިވާނެ މުހިއްމު ކަންތައްތަކަކީ ކޮބާ؟

---- މި ވަޒީފާއަށް ޝައުގުވެރިވެ އޮފީހަށް އައިސް ވަޒީފާ އަދާކުރަން ބޭނުންވޭތޯ؟
އޮފީހާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތާއި ވަޒީފާ އާއި ގުޅޭ ކަންކަން ބަލައި އެކަންކަމަށް ޝައުގުވެރިވާ މިންވަރު ދެނެގަތުމެވެ. މި ސުވާލަށް ވެސް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- މި އޮފީހާއި ބެހޭގޮތުން އެނގެނީ ކޮންއެއްޗެއް؟
--- މި އޮފީހުން ހާސިލް ކުރަން ބޭނުންވާ ލަޑުދަނޑި އެގޭތޯ؟
--- މި އޮފީހުންދޭ ހިދުމަތް އެގޭތޯ؟
--- މި އޮފީހުގައި މަސައްކަތް ކުރަން ބޭނުންވަނީ ކީއްވެ؟
--- މި ވަޒީފާއަކީ ތިބާއަށް ރަނގަޅު ވަޒީފާއެއް ތޯ؟
--- ޝައުގުވެރިވީ ކީއްވެ؟

---- އޮފީހުގެ ސަގާފަތާއި އެހެންމީހުންނާއި ގުޅޭނެތޯ؟
ތިބާގެ ސަހުސިއްޔަތާއި ފެންނަ ފެނުމެވެ. އަދި އޮފީހުގެ ސަގާފަތާއި ޓީމްތަކަށް ގުޅޭ ގުޅުމެވެ. ކޮންމެ ތަނެއްގައި ވެސް ވަކި ހާއްސަ ސަގާފަތެއް އޮންނާނެއެވެ. އެއަށް ހޭނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ސުވާލަށް ވެސް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- ތިބާ މަސައްކަތް ކުރާނެ ގޮތް ބުނެދިނުން؟
--- ތިބާގެ ތަފްސީލެއް ބުނެދިނުން؟
--- ރަހުމަތްތެރިން ތިބާގެ ތަފްސީލެއް ދޭނީ ކިހިނެތް؟
--- ތިބާ މި އޮފީހައް އެކަށީގެންވަނީ ކީއްވެތޯ؟
--- ޓީމު މީހަކަށް ތިބާ ރަނގަޅީ ކީއްވެތޯ؟
--- ތިބާ އަކީ ޖަނަވާރެއް ނަމަ އެއީ ކޮންއެއްޗެއްތޯ؟


މި ލިޔުމުގެ އަސްލު ވަނީ ލިންކްޑު އިން ގައެވެ. www.linkedin.com ©

Wednesday 2 April 2014

ބޮލުގައި ރިއްސުން ކުޑަކުރެވިދާނެ 6 ގޮތެއް



ބޮލުގައި ރިއްސުން ކުޑަކުރެވިދާނެ 6 ގޮތެއް

އާންމު ގޮތެއްގައި ބޮލުގައި ރިއްސުން ކުޑަކުރުމަށް ބޭސް ބޭނުންކުރާ މީހުން ގިނައެވެ. އެހެން ނަމަވެސް ބޭސް ބޭނުންކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅި ކުޑަގޮތްތަކަށް ބަދަލުކޮށްލުމުން ބޮލުގެ ރިހުން ކުޑަވެއެވެ.

(1)   ތިބާގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދެނެގަތުން.
ތިބާ ކެއުމަށް ބޭނުންކުރަނީ ހަކުރުގެ މިންވަރު ގިނަ އަދި ބަންދުކޮށްފައިވާ ކާނާ ކަމުގައި ވަނީ ނަމަ، ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމަށް މަގުފަހިވެ އެކަން އިތުރަށް ގޯސްވެއެވެ. ހަމަ މިއާއެކު ލޭގައިހުންނަ ހަކުރުގެ މިންވަރު ދަށް ކަމުގައި ވާނަމަ ބޮލުގައި ރިއްސުމަށް މަގުފަހިވެއެވެ. މިކަމުގައި އެންމެ ރަނގަޅުގޮތަކީ ބަންދުކޮށްފައިވާ ކާނާ ކެއުން މަދުކޮށް، ތާޒާ(ގުދުރަތީ) މޭވާ އާއި ތަރުކާރީ އަދި މަދުން ފެޓް ހުންނަ މަސް ކެއުމެވެ. އޯގެނިކް ކާނާ ބޭނުންކުރުން ވަރަށް ރަނގަޅުވާނެއެވެ.
(2)   ހޫނާއި ފިނީގެ ތަފާތު(އަސަރު).
ތިބާ ހަދަންޖެހޭ ގޮތަކީ، ތާފަނާ ފެނުގެ ތެރެއަށް ދެފައިތިލަ ލައިގެން އިނދެ ބޮލަށް ފިނިކުރުމެވެ.(އެއީ ފިނި ފޮތިގަނޑެއް އަޅައިގެން ނުވަތަ ގަނޑުފެން ޖައްސައިގެން ނުވަތަ އެހެން ގޮތަކުން). ބޮލަށް ފިނިވުމުން ބޮލުގައި ހުންނަ ނާރުތަށް ބާރުވެ ފިތިވެއެވެ. ފައިތިލައަށް ހޫނުވުމުން ފައިތިލާގައި އާއި ފައިގައި ހުންނަ ނާރުތަށް ދޫވެއެވެ. މިކަމުގެ ސަބަބުން ބޮލުގައި ހުންނަ ލޭތައް ހަށިގަނޑުގެ ތިރިއަށް ދާގޮތް ވެއެވެ. ބޮލުގައި ރިއްސާވަގުތު ބޮލުގައި ހުންނަ ލޭނާރުތަކަށް ދޫވެއެވެ. އަދި އޭގެ ސަބަބުން ލޭދައުރުކުރުން ގިނަވެއެވެ. މިގޮތަށް މާގިނައިން ލޭދައުރު ކުރުމުން ބޮލުގައި ރިއްސައެވެ.
(3)   ގިނައިން ފެންބުއިން
ހަށިގަނޑުގައި ފެން މަދުވުމުން ބޮލުގައި ރިއްސާގޮތް ވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ބޮލުގައި ރިއްސާ ނަމަ އެއްފަހަރާ އެހާ ގިނައިން ފެން ނުބޯށެވެ. އެއީ ހަށިގަނޑުގައި އެހުރިހާ ފެނެއްގެ ބޭނުން ކުރުމުގެ ގާބިލުކަން ނެތުމުންނެވެ. މިހެންވުމުން ދުވާލެއްގެ މައްޗަށް އެކިފަހަރު މަތިން މަދު މިންވަރަކަށް ފެންބޯށެވެ. ބޮލުގައި ރިއްސުން ހުންނަ ނަމަ ދުވާލަކު 8 އައުންސާއި 12 އައުންސާއި ދެމެދުގެ ފެން ބުއިމަށް ފަހު ދެން ކުރިއަށް ގެންދާނީ މަދުމަދުން ފެން ކޯވަރު ބޮމުންނެވެ.
(4)   ހަރަކާތްތެރިވުން
މިކަމުގެ ސަބަބުން ބޮލުގައި ރިއްސުން ކުޑަކުރުމަށް މަގުފަހި ވެއެވެ. ނަމަވެސް ކޮންމެހެނަކުން އެހާ ގަދަޔަށް ހެލިފެލިވެ އުޅޭކަށް ނުޖެހެއެވެ. ބޭރަށް ނިކުމެލައި ސާފުވައި ލިބޭ ހިސާބަކަށް ހިނގާލާފައި ދިޔަސް ވަރަށް ރަނގަޅުވާނެއެވެ.   އެހަނީ މިކަމަކީ ހަށިގަނޑަށް ލިބޭ އޮކްސިޖަންގެ މިންވަރު އިތުރުވެ، ބޮލުގައި ރިއްސުން ދުރުކުރާ ކަމެކެވެ. އާއްމުކޮށް ކަސްރަތުކުރާ މީހުންގެ ލޭގެ ހިނގުން ރަނގަޅުވެ، ސަޅިކަން އިހުސާސްކުރެވި އަދި ބޯ ހާސްވާވަރު ދައްވެއެވެ. މިހުރިހާ ކަމަކީވެސް ބޮލުގައި ރިއްސުން ދުރުކޮށްދޭ ކަންކަމެވެ.
(5)   ރަނގަޅަށް ނިދުން
ފުރިހަމަ ނިދި ނުލިބުމަކީ ބޮލުގައި ރިއްސަން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ނިދާހޭލައިރު ވަރުބަލިވެފައި ހުރުމާއި ނިދި އައިސްފަ ހުރުމަކީ މައިގްރޭން ހުންނަ މީހުންނަށް ދިމާވާ އާއްމު މައްސަލަތަކެކެވެ. ނަމަވެސް މިއީ ކަންބޮވާންވީ ކަމެއް ނޫނެވެ. އެއީ މި މައްސަލަތަކަކީ ވަރަށް ފަސޭހައިން ރަނގަޅު ކުރެވޭނެ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް އެއްގަޑި އެއްގައި ނިދާފައި ހޭލުމަކީ ނިދުމުގެ ފެންވަރު ރަނގަޅުވާ ކަމެކެވެ.
(6)   އަރާމުކުރުން
ގިނަފަހަރަށް ބޮލުގައި ރިއްސަނީ ހާސްވެ ކަންބޮޑުވުމުންނެވެ. ކަސްރަތުކުރުމުންނާއި ފުންކޮށް ނެވާލުމުން  ހާސްކަން ކުޑަވެ ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރާވަރު އިތުރުވެއެވެ. ރަނގަޅު މަސާޖެއް ކުރުމުން ބޮލުގެ ރިހުން ކުޑަވެ ހަށިގަނޑުގައި ލޭ ދައުރުކުރުން އިތުރުކޮށްދޭ ކަމެކެވެ.

ޖުމުލަކޮށް ބުނާނަމަ، ބަންދުކޮށްފައިހުންނަ ހަކުރުހިމެނޭ ކާނާކެއުން މަދުކުރުމުންނާއި، ހޫނުފެނާއި ފިނިފެން ބޮލާއި ފައިތިލާގައި ބޭނުންކުރުމުންނާއި، އާންމުކޮށް ގިނައިން ފެންބުއިމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ފުރިހަމަ ނިދި ލިބުމާއި އަދި ހާސްކަމުން ދުރުވުމުން ބޮލުގައި ރިހުމަށް ހައްލެއް ލިބޭނެކަން ކަށަވަރެވެ.


މިލިޔުމުގެ އަސްލުވަނީ ޔޫއެސް ނިއުސް އެންޑް ވޯލްޑް ރިޕޯޓް ގައެވެ. www.usnews.com